ދުންފިނި / އިބްރާހިމް ވަހީދު
Language: Divehi Publication details: މާލެ : ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރޒް، [2016].Description: 231 p. ; 18 cmISBN:- 9789991572642 (pbk)
- Dhunfini
- 22 891.483
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Library of People's Majlis Maldives | Maldives | M-DV 891.483 WAH (Browse shelf(Opens below)) | Available | 0000002309 | |
![]() |
Library of People's Majlis Maldives | Maldives | M-DV 891.483 WAH (Browse shelf(Opens below)) | Checked out | 10/27/2024 | 0000002310 |
Browsing Library of People's Majlis shelves, Shelving location: Maldives, Collection: Maldives Close shelf browser (Hides shelf browser)
No cover image available |
![]() |
![]() |
![]() |
![]() |
No cover image available | No cover image available | ||
M-DV 891.483 SAL ނުޢުމާނު ވަމަރްޔަމް / | M-DV 891.483 SEE މާމަކުނުދޫ ބޮޑުޢީސަގެ ވާހަކަ / ބޮޑުފެންވަޅުގޭ ސީދީ | M-DV 891.483 SEE މާމަކުނުދޫ ބޮޑުޢީސަގެ ވާހަކަ / ބޮޑުފެންވަޅުގޭ ސީދީ | M-DV 891.483 WAH ދުންފިނި / | M-DV 891.483 WAH ދުންފިނި / | M-DV 891.483 WAH ދިރިއުޅުމުގެ ރަހަތައް / | M-DV 891.483 WAH ދިރިއުޅުމުގެ ރަހަތައް / |
ދުންފިނި
ކުއްލިއަކަށް ވިދައިލި ގޮތަކުން ނަވީންގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ވިދުވަރު ފާޅުވީ ވިލާތަކުގެ ތެރެއިން ނޫންކަން ނަވީނަށް އެނގުނީ ދެވަނަ ފަހަރަށް ވިދާލުމުންނެވެ. އަލިގަނޑު އެރީ ނަވީން ނިކުތް ދިމާގެ ގަސްތަކުގެތެރެއިންނެވެ. ދެން އިވެންފެށީ އަހެއް ދުވެފައި އަންނައިރު އޭގެ މޮއްގަނޑުތަކުން އިވޭ ކަހަލަ އަޑެކެވެ. ތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން މުގުރަމުން، ގުގުމަމުން އައި އަޑު ކައިރިވާން ފެށިއެވެ. އަހުގެ ތޫލި އަޑުން ގޮވައިލިއެވެ. ގެންފައިވާ ބިރަކާއި. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން ނަވީން ގުޑައި ވެސް ނުލައި އޮތެވެ. އަސް ކައިރިވި ވަރަކަށް ބިންގަނޑަށް އައި ލޮޅުން ދިޔައީ ބޮޑުވަމުންނެވެ. ނަވީނާ ހަމައަށް އައިސްފައި، ކުއްލިއަކަށް އަހުގެ ކުރީ ދެ މޮއްގަނޑު ހިއްލައިލައިފައި ވަރަށް ބާރަށް ގޮވާލިއެވެ. އެ އަހަކު މީހަކު ނެތެވެ. ކުލަ އަޅި، އާންމު އަސްތަކަށްވުރެ ބިޔަ އަހެކެވެ. ކަނދުރާމަތިން ފަޅާފައިވާ ކެހެރިތައް ދިގުކަމުން ވަޔާ ވިހުރަިވިހުރި އޮތެވެ. އަނދިރި ރެއަކަށް ވެފައި، އަހުގެ ކުލަ އަޅި ނަމަވެސް، ކޮންމެވެސް ކަހަލަ ވިދުމެއް އަހުގެ ކެހެރިތަކުގައި ހުއްޓެވެ. ސާފުކޮށް އެ އަސް ނަވީނަށް ފެނުނީ އެހެންވެއެވެ. އަސް ނޭވާލާ އަޑު ނަވީނަށް އިވެއެވެ.
There are no comments on this title.